Friday, November 5, 2010

އަންނިގެ ބަޑިބުރާސްފަތި

ފޮނުވީ އަޙްމަދު ޢާޞިމް
ފުރިހަމަ އިންސާނަކަށް ނިކަން ބަލައިލަމާ ހިނގާށެވެ. އެހެން ހުއްޓާ އޭނާގެ އެއް ލޯ ފަންވުމުން ނުވަތަ ފައެއް ބިންދާގެން ގޮސް ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބަދަލުވުމުން ﷲ އޭނާއަށް ދެއްވި ނިޢުމަތް ބޮޑުކަން އިހްސާސް ކުރެވޭނެއެވެ. ހަމައެފަދައިން، ހަޤީޤީ މިނިވަންކަމުގެ މީރުކަން އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނީ އެނިޢުމަތް ގެއްލިގެން ދިޢުމުނެވެ. އެހެންކަމުން، މިނިވަންކަމުގެ އުފާވެރި ނިޢުމަތް މިކުޑަކުޑަ ދިވެހިރާއްޖެއަށް ދެއްވި ﷲ ތަބާރަކަ ވަތަޢަލާއަށް ޙަމްދުކުރަމެވެ.
ހަޤީގަތުގައި އަޅުގަނޑުގެ މަޢުޟޫއަކީ 3 ނޮވެމްބަރ 1988 ގައި ހިނގި ހާދީސާ ހިންގީ ކޮންބައެއް މިމަޢުޟޫއެވެ. މީގެ 2 އަހަރެއްހާ ދުވަސްކުރިން، އަޅުގަނޑުމެންނަށް އިވެމުން ދިޔައީ މިހަލާއަކީ، ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަހުމަދު ނާސިރާއި އަމީންފައިސަލް ފަދަ މީހުން އަޑީގައި ތިބެގެން ރާވައި ސްރީލަންކާގެ ޓެރަރިސްޓުންތަކެއް ރާއްޖެ ގެނެސް ދިން ހަމަލާއެއް ކަމުގައެވެ.
އެހެންނަމަވެސް، މިހާރު މިސަރުކާރުން އުޅެނީ އެއީ އޭރުގެ ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޛު މަޢުމޫނު ޢަބްދުލް ގައްޔޫމު ކުރެއްވިކަމެއްގެ ގޮތުގައި ސިފަކޮށްދޭން މަސައްކަތް ކުރަމުން ދާވާހަކައެއްކަން ދައްކޭތޯއެވެ. މިގޮތުން ނަސްރުންގެ ދުވަހުގެ މުނާޞަބަތުގައި ސުޕެސިއަލް އިންވޯއީ ޓުދަ ޕުރެސިޑެންޓް އަލްފާޟިލް އިބުރާހިމް ހުސެން ޒަކީ ވިދާޅުވެފައިވަނީ " 1988 ގެ ނޮވެމެބަރު ތިން ވަނަ ދުވަހަކީ ރާއްޖޭގެ އަސްކަރީ ވިސްނުން ބަދަލުކުރަން ޖެހުނު ދުވަހެއް ކަމަށާއި އޭރުގެ ވިސްނުމަކީ އަސްކަރިއްޔާ އިން ގޯހެއް ހަދާފާނެ ކަމުގެ ބޯދާ ވިސްނުމަށް ބަރޯސާވެ އަސްކަރީ އުސޫލުތަކާ ޚިލާފަށް ވެރިކަމުގެ ވިސްނުންތައް ގެންގުޅުން ކަމަށެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައަކީ އޭގެ ސަބަބުން ލިބިގަންނަން ޖެހުނު ހަމަލާއެއް ކަމަށެވެ."
އެހާދިސާގެ ހިތި ކުރިމަތިވި އުމުރުން ދުވަސްވީ މީހަކު އަޅުގަނޑަށް ކިޔާދިން ގޮތުގައި، އެދުވަހަކީ ވަރަށް ބިރުވެރި ދުވަހެއްކަމަށާއި، އެރޭ މިސްކިތެއްގައި ބަންގި ގޮވަން ހުރި މީހަކު ބަންގި ގޮވަން ހުއްޓާ ނެރެ މަރާލި ތަން ފެނުނު ކަމަށާއި އެދުވަހު މިގަޢުމުގެ އޭރުގެ ވެރިމީހާ ކަންތައް ކުރެއްވި ހިކުމަތްތެރި ގޮތުގެ ސަބަބުން އެކަމުން ސަލާމަތްވެ އަލުން ދިވެހިންނަށް ދިވެހިންގެ ގަޢުމު ލިބުނީ ކަމަށް އޭނަ ކިޔާދިނެވެ. އެވަގުތު  އެމް އެންބީސީން ދިޔައީ 2 ގެ ޚަބަރު ފޮނުވަމުންނެވެ. އެވަގުތު ސިފައިންގެ ޗީފަކަށް 2 މެޑެއްޔެ އެރުވި މަންޒަރު ދައްކަމުން ދިޔައެވެ. އެވަގުތު އެޓީވީން ދެއްކި މަންޒަރުގައިވާ މީހަކަ އިސާރާތް ކުރައްވާ އެކަމުގައި އެކަމުގައި އިސްކޮށް އުޅުނު އެކަކީ އެއީ ކަމަށް ބުންޏެވެ. އެއީ ކާކުތޯ ސުވާލު ކުރުމުން އެއީ އަމީން ފައިސަލް ކަމުގައި ބުންޏެވެ. އޭގެ އިތުރުން ސަގަރޭއާއި ލުތުފީ އަދި  އުމަރު ޖަމާލު ފަދަ މީހުންކަމަށް ބުންޏެވެ.
ނިކަން ވިސްނާ ބަލާށެވެ. އަޅުގަނޑުމެންނަށް ވެރިކަން ހަވާލުކުރެވިގެން މިއުޅެނީ ކޮންބަޔަކަށް ހެއްޔެވެ. އެއީ ނަސްރުންގެ ދުވަހުގައި ޝަހީދުވި 19 ދިވެހިން ޝަހީދުކޮށް ލުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް މިސަރުކާރުގައި އިސްކޮށް ހަރަކާތް ތެރިވާކަމަކީ ވަރަށް ހިތާމެވެރިކަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިންނަށް އެންމެ ފައިދާ ހުރިގޮތުގައި މަސައްކަތް ކުރާ ޕާޓީ (ޑީއާރުޕީ) ގެ ޒުވާނުން ގޮފީގެ ރައީސްގެ ބަހުރުވައިންނަމަ މީއީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ސަރުކާރުން ޖަހާ ވަރަށް ނުލަފާ އެތިފަހަރެކެވެ.
އަޅުގަނޑު މިފުރުޞަތުގައި 3 ނޮވެމްބަރ ގެ އުދުވާނުގައި ބައިވެރީން ވަޒީފާއިން ވަކިކުރުމަށް ގޮވާލަމެވެ.
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދިވެހިންގެ ތެރެއިން ޝަހީދުވި އެންމެންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި މިކުޑަ ކުޑަ ރާއްޖެއަކީ އަބަދުވެސް އިސްލާމީ ވަހުދަތުގައި އޮތް މިނިވަން ގަޢުމެއްކަމުގައި ލަހައްޓަވައި ދެއެވެ.! އާމީން!

2 comments:

  1. އަޙްމަދު ޢާޞިމް އުންމީދު ހއ.އިހަވަންދޫ
    އައްސަލާމް ޢަލައިކުމް ވަރަހުމަތުﷲ ވަބަރަކާތުހު
    މިލިޔުމަކީ އަޅުގަނޑު ލިޔެފައިވާ ލިޔުމެއް ކަމުގައިވިޔަސް މިލިޔުން އިހަވަންދޫ ވަގުގައި ޝާއިއުކުރުމަށް ފޮނުވާފައި ނުވާނެއެވެ. އަޅުގަނޑަކީ އެއްވެސް ހާލެއްގައި ގޮތްނޭނގޭ ބަޔަކަށް ލިޔުން ފޮނުވާނެ މީހެއް ނޫނެވެ. އަޅުގަނޑު ފޯރުކޮށް ދޭން ބޭނުންވާ މަޢުލޫމާތެއް ވިއްޔާ ފޯރު ކޮށްދޭނީ އަޅުގަނޑުގެ އަމިއްލަ ބުލަގު(http://asim-ahmedasim.blogspot.com) އަދި އިހަވަންދޫ ޑޮޓް ކޮމްގެ ޒަރިއްޔާއިންނެވެ. އަޅުގަނޑަކީ ކުރިންވެސް އަދި މިހާރުވެސް މިކަހަލަ ގޮތްނޭނގޭ މީހުންގެ ސައިޓުތަކަށް ލިޔާމީހެއް ނޫނެވެ. އަދި މިފަދަކަމެއް އަޅުގަނޑަށް ނޭނގި ކުރިކަމީ ވަރަށް ހިތާމަ ހުރިކަމެކެވެ.އަދި މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ.

    ReplyDelete
  2. އާސިމު ދެން ކަލޭ މާ ނޫން ކަމަށް ހެދެން އުޅޭނެ ކަމެއް ނެތް......ތިއޮތީ ހަމ މަޅި އަރާފަ

    ReplyDelete