Sunday, March 6, 2011

ބޮޑި ކުންފުނި ދޮށަށް ނާށިގަނޑު ހިފައިގެން ސަލާންޖަހަށް

ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންނާމެދު ވިސްނާލާ މީހަކު ނެތެވެ. މީޑިއާ އަދި އިދިކޮޅުސިއާސީ ފަރާތްތަކުގެވެސް ނަޒަރު ހުއްޓިފައިވަނީ ވެރިކަމުގައި ތިބި އިސް މީހުންނަށެވެ. ރާއްޖެތެރޭގެ އެއްކުޅަދު މަދޭ މިކިއާ މީހުންގެ ހާލަކީ ކޮބާތޯ ބަލާލާނެ އިޔާރެއްނެތެވެ. އަހަރެމެންގެ ހައްގުތައް ޗަކަހާލައިގެން މޮޑެވެނީކަށް ދަންނަމީހަކު ނެތެވެ. ސަރުކާރުން ރަށްރަށުގެ އިސްމަގާމުތަކަށް އައްޔަންކޮށްފަތިބި ވެރިން ކަންކުރަނީ ހިތަށްއެރި ކޮތަކަށެވެ.

Monday, November 15, 2010

ރައީސް ނަޝީދުގެ ވިސްނުންފުޅު ކިތަންމެ ތޫނަސް ރާއްޖެ އުފެދިފައި އޮތީ އެ ވިސްނުންފުޅާ އެއްގޮތަކަށް ނޫން


އެމްޑީޕީން ދަތުރުފަތުރުގެ ނިޒާމާ ބެހޭ ގޮތުން ދަރުބާރުގޭގައި ބޭއްވި އާންމު ބައްދަލުވުމަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އަޅުގަނޑަށް ސިފަވާ "ބޮޑު މަންޒަރަކީ" މި އެވެ. އަޅުގަނޑު ބޭނުން ރަށަކަށް ބޭނުން އިރަކު ދާންވީ އެވެ. ބަނޑުފައިވުމާ އެކު ޖެހިގެން އޮތް ރަށަށް އެއް ގަޑިއިރުގެ ތެރޭގައި ކޮފީއަކަށް ދާންވީ އެވެ. ޖެހިގެން އޮންނަ ނުވަތަ އެއަށް ވުރެ ދުރު ރަށަކަށް ވެސް އެ ދުވަހަކު ގޮސް، އެ ދުވަހު އާދެވޭނެ އެވެ. ލޯބިވެރިޔާ އަކީ ކިތަންމެ ދުރު ރަށެއްގައި ހުރި ކުއްޖަކަށް ވިޔަސް ކޮންމެ ރެއަކު ބައްދަލު ކުރަން ދާންވީ އެވެ.

މުސްލިމް އަޚުނާއި އުޚުތުންނަށް ފޮނުވާމީޔޭ ޢީދު ތަހާނ


މާދަމާއަކީ 1431 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހެވެ. އެހެންކަމުން ލިޔެސް އޮންލައިންގެ ފަރާތުން ތި އެންމެ ކިޔުންތެރިންނަށް ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އުފާވެރިކަންމަތީ އެދުވަސް ފާހަގަ ކުރުމަށް ގޮވާލަމެވެ. އަޅުކަންތަކުގައި ހީވާގިވެ އުޅެމުން ޢީދުގެ އުފަލުގައި ވެސް ބައިވެރިވާށެވެ.

ާ އިހަވަންދޫ ޑީއާރުޕީގެ ފަރާތުން ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުން ހަމަޖެހިފައިވާ ކަމުގެ ޚަބަރު ލިބިއްޖެ

ލިޔުނީ އަޙްމަދު ޢާޞިމް
އިހަވަންދޫ ޑީއާރުޕީ ގޮފީގެ ރައީސް މުޙައްމަދު ސިރާޖާއި ހަވާލާދީ އަޙުމަދު ޞަބާޙް / ހަނދުވަރީނާޒް އިހަވަންދޫ ޑޮޓް ކޮމްގައި ލިޔެފައިވާ ޚަބަރުގައި ވަނީ "އިހަވަންދޫ ރަށު ކައުންސިލް  އަދި އަތޮޅު ކައުންސިލް އިންތިޚާބަށް ވާދަކުރާ ބޭފުޅުން މުޅިން ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑީއާރުޕީން ވާދަކުރާނެ ބޭފުޅުން ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަމަށެވެ."

މިސްޓަރ މާ ބަނޑޭ ނިއުސްގެ ލިޔުންތެރި އަކަށް


މިސޮރު ހިތުން މާމޮޅު ކަމެއް ކުރަން ހިތައް އެރިއެވެ. ރަސު އަންހެނުން ސީލާ ދިމާ އަތިރިމަތީ ވިސްނަން މި ނުބާ ކޮރު  ހިޔަލު އިނެވެ. ވިސްނާ ވިސްނާ ބޯގޮވާ ވަރު ވީމާ އެއްމެފަހުން ނިންމީ ލިބިފައިވާ އިލުމުގެ ބޭނުން ނުހަމަގޮތުގައި ހިފުމަށެވެ. މި ކޮރު ހިޔަޅު ހިންގާ އިހަވަންދޫ ނިޔުސް އަށް ފާޅުގާ ލިޔުން ތައް ލިޔާށެވެ.

Friday, November 5, 2010

އަންނިގެ ބަޑިބުރާސްފަތި

ފޮނުވީ އަޙްމަދު ޢާޞިމް
ފުރިހަމަ އިންސާނަކަށް ނިކަން ބަލައިލަމާ ހިނގާށެވެ. އެހެން ހުއްޓާ އޭނާގެ އެއް ލޯ ފަންވުމުން ނުވަތަ ފައެއް ބިންދާގެން ގޮސް ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބަދަލުވުމުން ﷲ އޭނާއަށް ދެއްވި ނިޢުމަތް ބޮޑުކަން އިހްސާސް ކުރެވޭނެއެވެ.

Wednesday, November 3, 2010

ވަގު އަދިވެސް ހެއޮހާލުގައި...


މާބަނޑޭ ހީކުރީ އެކަލޭޣެދިން ހަމަލާން ވަގު ފުނޑުނީކަމަށް ތާއެވެ. މާބަނޑުގެ އަމައޭ ކިޔާ، ވަގު މިހާރު އަޕްޑޭޓް ނުވަނީ ވަގުގެ 4ފައުންޑަރުން އެކިތަންތަނުގައި ތިބުމުންނެވެ. ނަމަވެސް ދެން ހެސްކިޔާހަ އަޕްޑޭޓްވާނެއެވެ. މާބަނޑާއެވެ. ކަލޯގެ ފޯކެވެ. ކަލޯއަށް ތިޔަހަރީ ރިވެތި ލަނޑެއް ލިބިފާތާއެވެ. ހެހހެހެ.....