Sunday, March 6, 2011

ބޮޑި ކުންފުނި ދޮށަށް ނާށިގަނޑު ހިފައިގެން ސަލާންޖަހަށް

ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންނާމެދު ވިސްނާލާ މީހަކު ނެތެވެ. މީޑިއާ އަދި އިދިކޮޅުސިއާސީ ފަރާތްތަކުގެވެސް ނަޒަރު ހުއްޓިފައިވަނީ ވެރިކަމުގައި ތިބި އިސް މީހުންނަށެވެ. ރާއްޖެތެރޭގެ އެއްކުޅަދު މަދޭ މިކިއާ މީހުންގެ ހާލަކީ ކޮބާތޯ ބަލާލާނެ އިޔާރެއްނެތެވެ. އަހަރެމެންގެ ހައްގުތައް ޗަކަހާލައިގެން މޮޑެވެނީކަށް ދަންނަމީހަކު ނެތެވެ. ސަރުކާރުން ރަށްރަށުގެ އިސްމަގާމުތަކަށް އައްޔަންކޮށްފަތިބި ވެރިން ކަންކުރަނީ ހިތަށްއެރި ކޮތަކަށެވެ.
ކުރީގެވެރިން ކަންކުރީ ހަމަ މިގޮތަށޭބުނެ އެހެންބައެއްގެ ބޮލުގައި ބަދުނާމު އަޅުވަމުން ދުވެނަގަނީއެވެ. ތިމާމެން ފިޔަވާ އެހެންބަޔަކު އުޅޭކަށްބޭނުމެއްނޫނެވެ. ވާނީވެސް އެހެއްތާއެވެ. ބޮޑުންނަށް ތިބީ ހައްތާވެސް މުކޮހުންނެވެ. ވާނުވާއެއްނޭގެއްޏާ ކުރާނެކަމެއްވެސް ނޯންނާނެތާއެވެ. ނަމަވެސް ދިވެހިރައްޔިތެއްކަށް އަންގައިދޭ ސިއްކަ އަކަށް ރީދޫކުލަވެ ނިމިއްޖެވެ. ކަރައްޓުފީ ދެއްކެއްވެސް، ކިޔެވެންވެސް، ވަޒީފާއެއް ހޯދަށްވެސް ނުވިތާކަށް ދިރިހުރެވެންވެސް އޮތީ ރީދޫ ސިއްކަ ޖަހައިގެންނެވެ. ނުވިތާކަށް މަސްވެރިންބާނާ މަސްކޮޅަށް ލާރިކޮޅުވެސް ލިބެންއަންނަނީ މި ސިއްކައިގެ ބާރުގަޔޯލެވެ
ކުރީގެ ލިއުމުގައި ބުނެވިދިޔަފަދައިން އިހަވަންދޫގެ ހާލަތަކީވެސް މިއެވެ. ވެރިކަށްބަދަލުވުމާއެކު އިހަވަންދޫގައި އަމިއްލައެދުމުގެ މަށްޗަށް ބިންގާ އެޅުނު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑްވާނީ ކުރީގެ ބަޔާންކުރެވިފައެވެ. އިހަވަންދޫ ރައްޔަތަކަށް ވުމާ ނުވުން އޮތީ މި ކުންފުނީގެ ބާރުދަށުގައެވެ. މި ކުންފުނީގެ ރޯނުއެދުރަކަށް އެއްމެފަހުން އައްޔައްކުރެވުނީ ބޮޑިކުޑޭގެ ބަޑުފިރާޒުވެ. އިހަވަންދޫ ސުކޫލުގެ ޕްރިންސިޕަލަކަށް ހިންގުމުގެ ދާއިރާއިން އެއްވެސް އިލްމެއް ހިލްމެއް ނެތް ރޭޑިއޯ އޮފިސަރަކު އައްޔައްކުރީ ސީދާ އެމްޑީޕީ އިހަވަންދޫގެ ވެރިންގެ ހީލަތްތެރި ރޭވުމުގެ މަތިންނެވެ. ޕާޓީގެ ހަރިގެ އަޅަށް ގޯތިން ބިންދިނީ ފިރާޒުއަށް ސުކޫލުގެ ޕްރިންސިޕަލްކަށް ހޯދަދޭންކަމަށް ޝަރުތުކޮށްފައެވެ. މީހުންގެ މެދުގައި ފިތުނައާއި ހަސަދަވެރިކަށް އުފަށްދަމުން ރޯނު އެދުރަކަށްވެގެން އުޅޭ، މުދަލު ޒަކާތުން ބައެއް ފޭރެމުން އަންނަ ބޮޑިކުޑޭގެ އަށްބޮޑި ބޮޑިކުރަށް ފޫގަޅާލީ ސުކޫލުގައި އަދި އިހަވަންދޫގައި ތިބި ހިންގުމުގެ ދާއިރާއިން ތައުލީމާ ތަޖުރިބާ ހާސިލްކޮށްގެން ތިބި ބޭފުޅުންގެ މޫނަށް ކުޅުޖަހާފައެވެ
އަހަރެމެންގެ ދަރިންނަށް ތައުލީމުދީ ތަރުބިއްޔަތުކުރުމުގެ ޒިންމާދާރަކަށް މެހެދީ ގަބުޅި ކައުންސިލަރ ކަހަލަ ގަބުޅި ޕްރިންސިޕަލަކާއެވެ. ފިރާޒް ހިންގުމުގެ ދާއިރާއިން އބ ނަމަވެސް ދަސްކުރި ތައުލީމީ މަރުކަޒެއް އެބަހުރިބާއެވެ. ހިތްދިރުވާލުމަށްފަހުގަ ނަމަވެސް ކޮމެންޓް ބޮކްސްގަ އެތަނެއްގެ ނަން ޖަހާލަދީބަލާށެވެ. އިހަވަންދޫ ސުކޫލު ތިހިސާބަށް ގެނެސްފައި ތިހުރީ ވަރަށް ގިނަބަޔެއްގެ ވަރަށް ބުރަމަސައްކަތަކުންނެވެ. އެމްޑީޕީގެ ސަރުދާރުން އެބޭފުޅުންގެ ހިދުމަތް ބަލާނުގަތަސް އިހަވަންދޫގެ ގިނަ ރައްޔިތުން އެކަށްގަބޫލުކޮށް ޝުކުރުކުރެއެވެ. އެކަމުގެ ފޮނިބޯލަށް ނޫޅެއްޗެވެ. ފިރާޒުއެވެ. ރީއްޗެއްނުވިނޫން ހެތްޔެވެ؟ ވަޒީފާއެއްވެސް ތިލިބުނީ ވިއަފާރި އުސުލުންނެވެ. ބައެއްގެ ފައިތިލަ ދަށައްތިރިވެ އާދޭސް ކޮށްގެންނެވެ. ރިޝްވަތުދީ ރޮއިހޭރިގެންނެވެ. ލަދެންނުގަނޭ ހެތްޔެވެ؟ މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެކަށް އިގޭދޯއެވެ. މަޑުމަޑުން ލިބޭ ލާރިކޮޅު ޖީބަށްލައިގެން ހުރެވޭތޯ ބަލަށްޗެވެ. ސުކޫލުގަ އުޅޭ މުއައްޒަފުންނަށް އުދަގޫކުރަށް ނޫޅޭށެވެ. ބައެއްގެ ރަގަޅުކަމުން ނަމަވެސް ކަލޯގެ ބައްޕަ ނާށިގަޑުހިފައިގެން ސަލާމްޖަހާގެން ނަމަވެސް ވަޒީފާއެއް ލިބުނީތީ ޝުކުރުކޮށްލައިގެން ހުރެވޭތޯ ބަލާށެވެ. ނަމަނަމަ ބައްޕަ އަށް ނާށިގަޑު އެއްލާނުލަށް ހަދާންކޮށްދެއްޗެވެ

No comments:

Post a Comment