Sunday, August 29, 2010

ވަސްނުދޮވާ ފޮޑިޖަހާ އިހަވަންދޫ.ކޮމް


ރީތި ނަމެއް ހޯދައިގެން މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން ހިންގާ އިހަވަންދޫ.ކޮމްގެ އަނދިރި ފަރާތް ވަގަށް ފެނިއްޖެއެވެ. ނަމުން އިހަވަންދޫ.ކޮމް އަކީ ވަރަށް ތާހިރު، އެއްވެސް ބަޔެއްގެ އަބުރާއި ނުބެހޭ ބައެއްކަމަށް މަޝަހޫރު ބައެކެވެ. އެބައިމީހުންގެ ބޭރުފުށް ވަރަށް ނަލައެވެ. އަބަދުމެ ތިބެނީ އަތަރު ލައިގެންނެވެ. ވީމާ ދުވާނީ މީރުވަސްތާއެވެ.
ކޮންމެއަކަސް އިހަވަންދޫގެ ރަތްއިތުން އެންމެ ޤަދަރުކުރާ ސައިޓަކީ އިހަވަންދޫ.ކޮމޯ ލައެވެ. އިހަވަންދޫ.ކޮމް ގައި ޙަބަރެއް ޖަހައިފިނަމަ އެދެން ތެދެކޯލައެވެ.
ނަމަވެސް ވަގަށް ވަގުލޮލުން ބަލާއިރު ފެންނަ ބޮޑުމަންޒަރު މުޅިން ތަފާތެވެ. ވަގަށް ފެންނަ ބޮޑުމަންޒަރު ވަގުގެ ކިޔުންތެރިންނަށް ހިއްސާކޮށްލާނަމެވެ. އިހަވަންދޫ.ކޮމް ގެ އަސްލު ޕުރޮޕެގެންޑާ ނުވަތަ އެޖެންޑާޔަކީ މަކަރާއި ހީލަތުން ފުރިގެންވާ ބޮޑު ލޮބީއެއްކަހަލަ އެޖެންޑާތަކެކެވެ. އިހަވަންދޫ.ކޮމްގެ އިސް މެމްބަރުން އިނގެނީ ތިއާގެތެރެއިން ކިތައް ބޭފުޅުންނަށް ތޯއެވެ؟ މާބަނޑޭއަކީ އިހަވަންދޫ.ކޮމްގެ ފައުންޑަރ މެމްބަރެއްކަން އެނގެނީ ތީގެތެރެއިން ކިތައް ބޭފުޅުންނަށް ތޯއެވެ؟
ބުނަން މިއުޅޭ ވާހަކައަކީ އިހަވަންދޫ.ކޮމްއަކީ އޭގެ އަނދިރި ފަރާތުން އެމްޑީޕީ ޕުރޮމޯޓް ކުރުމުގެ މަޤްސަދުގައި ހިންގާ ސައިޓެއްކަމެވެ. އެމީހުންގެ ބޭރުފުށުން ދައްކަނީ ޑީއާރުޕީގެ ނޫކުލައެވެ. ވަގުގެ އަތުގައި މިކަމުގެ ހެކި ބައިވަރެވެ.
ފަހަކަށް އައިސް އިހަވަންދޫ ޑޮޓްކޮމްއިން އެންމެގަދައަށް ޕޮރޮމޯޓް ކޮށްގެން ހިންގަނމުންދާ ހަރަކާތަކީ ހޫނުސުވާލެވެ. މީހަމަ ހަގީގަތުގައިވެސް އެމްޑީޕީ ޕުރޮމޯޓްކުރުމުގެ ޙަރަކާތެކެވެ. އެގޮތުން ހޫނުސުވާލުގެ ދެބާބެއް ގެނެސްދީފައި ވާއިރު މުޅިންވެސް ގެނެސްފައިވަނީ އެމްޑީޕީގެ ވެރިންގެ ބާބުތަކެވެ. އެގޮތުން ތަކަންދޫ އަހުމަދާއި ސެންޓަރު ވާހިދުގެ ބާބު މިހާރުވަނީ ނިންމައިލާފައެވެ. އިހަވަންދޫ.ކޮމްގެ ކިޔުތެރިންނަށް ހީވާނީ ހޫނުސުވާލަށް މީހަކު ލައިފިނަމަ ލާމީހާ ވާނީ ފަޞީހަތް ކަމުގައެވެ. ނަމަވެސް ހަޤީގަތަކީ އެއެއްނޫނެވެ. ހޫނުސުވާލަށް ލާމީހުން ވާނީ އިތުރަށް މަޝްހޫރެވެ. އެމީހުން ޑިގް އިތުރަށް އަރާނީއެވެ. ސަބަބަކީ ހޫނުސުވާލުގެ ސަބަބުން އެމީހުންނަށް އެމީހުންނާއި މެދު ކުރެވިފައި ހުންނަ ތުހުމަތުތަކުން ބަރީއަވުމުގެ ފުރުސަތު ލިބުމެވެ.
އިހަވަންދޫ.ކޮމްއަކީ އިއްޒަތްތެރި މާބަނޑުގެ ވާހަކައެއް ރަށުތެރޭގައި ފެތުރޭއިރަށް އެންމެ އަވަހަށް އެވާހަކައެއް ގެނެސްދޭ ސައިޓަށް ވާކަމީ ދެބަސްވެވެން ނެތް ހަޤީގަތެކެވެ. އެކަމުގެ ބޭނުމަކީ އިތްޒަތްތެރި މާބަނޑު ދިފާއުކޮށް އޭނަ ބޭނުވާގޮތަށް ޙަބަރު ބަދަލުކޮށްލުމެވެ. ހަޤީގަތަކީ އިހަވަންދޫ.ކޮމް ވެސް ކޮންޓްރޯލް ކުރަނީ މާ ބަނޑޭ ކަމެވެ.
އިހަވަންދޫ.ކޮމްގެ މީހުނަށް ބަލައިބަލާށެވެ. މާބަނޑަކީ ފައުންޑަރެކެވެ. އަންބަރީއަކީ އެމްޑީޕީއަށް މަރުދޭ މީހެކެވެ. ހަމީދާއި ނަޝީދަކީ ވަޒީފާގެ ގޮތުން މާބަނޑޭގެ ދަށުވެފައިވާ ދެމީހުންނެވެ. އަކުރަމަކީ ބައްޕަ ސިންބާގެ އަމުރުމައުރޫފު ހިނގާ އެމްޑީޕީއަށް ޖާނުދޭ ސޮރެކެވެ. ފަތުހުއްﷲއަކީ އެމްޑީޕީގެ އަސްވާރެކެވެ. ޝާފިއުއަކީ ބޭރުފުށުން ޑީއާރުޕީ ހެދިގެން އުޅޭ އެމްޑީޕީ ހަބީއެކެވެ. ޢޭނާ މިއަހަރު މާބަނޑޭގެ އަތުން ލޯނެއްހޯދަން މަސައްކަތް ކުރިކަން ވަގަށް ވަނީ ކަށަވަރުވެފައެވެ. ޝިފާއުއަކީ ޑީއާރުޕީގެ ހަބަރުތައް އެމްޑީޕީއަށް ގެންގުސްދޭ ޖާސޫސަރެވެ. ދެންތިބި މީހުންގެ ވަހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކުމެވެ.

މިހުރިހާ ކަމަކުން އެނގި ދޭހަވަނީ އިހަވަންދޫ.ކޮމްއަކީ މާބަނޑޭއާއި އޭނަގެ އެމްޑީޕީ އައުވާނުން ހިންގާ އެމްޑީޕީ ފިކުރުގެ ސައިޓެއްކަމެވެ. އެސައިޓަށް ފަންޑުކުރަނީ ތަކަންދޫ އަހުމަދާއި ސިންބާ އަހުމަދެވެ. އިހަވަންދޫގެ ރަތްއިތުންނޭވް! ނިކަން ހޭލާތިބޭށޭ! އިހަވަންދޫ.ކޮމްގެ މަޅީގައި ތިބާ ނުޖެހި ވޭތޯ ބަލާށެވެ. ޔަގީނުންވެސް އެއީ ފާސިދު އަޤީދާއެއްގެ ވެރި ބަޔެކެވެ.

9 comments:

  1. emiun jahaaliyumaku vaheh nudhovaa, ehen mihaku sitehgaa liyumeh jahafithyaa dhuvaa vhun noolhevee

    ReplyDelete
  2. އަޙްމަދު ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ
    މިހަބަރު ކިޔުމުން އަހަރެންނަށް ދޭހަވީ. އިހަވަންދޫ ވަގަކީ އިހަވަންދޫގެ ޚަބަރު އެންމެ ނުބައިކޮށް އޮޅުވާލައިގެން ގެނެސްދޭ ބައެއްކަމެވެ. ތިބާގެ ޚަބަރުގައި އެވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ނޫން. އަޅުގަނޑު އިހަވަންދޫ ޑޮޓް ކޮމްއާއި އެކު މަސައްކަތް ކުރަމުން ގެންދާ މީހެއްގެ ހައްޞީއްޔަތުން ބުނެލަން ބޭނުންވަނީ އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް މުހައްމަދު ފިރާޒަކީ އިހަވަންދޫ ޑޮޓް ކޮމްގެ ފައުންޑަރ މެންބަރު ނޫނެވެ. އަދި އިހަވަންދޫ ޑޮޓް ކޮމްގައި އުޅެނީ ހަމައެކަނި އެމްޑީޕީގެ އަދި ޑީ އާރު ޕީގެ މެންބަރުން ނެއް ނޫނެވެ.
    އަދި އަޅުގަނޑުމެން ކަހަލަ ސީދާ ޑީ އާރު ޕީގެ މެންބަރުންގެ ވާހަކަ ނުހިމެނީ ކިޔާނެ އިތުރު އެއްޗެއް ނެތުނީ މަހެއްޔެވެ. ރަނގަޅަށް އިހަވަންދޫ ޑޮޓް ކޮމްގެ ލިޔުންތައް ބައްލަވާށެވެ. އެއްވެސް ލިޔުމެއްގައި ފިރާޒު ދިފާއުކޮށްފައި ހުރިތޯ ނުވަތަ ބައެއްގެ އަބުރާ ބެހިފައި ހުރިތޯ. އޭ އިހަވަންދޫ ވަގާއެވެ. ކަލޭ ރަނގަޅަށް ކިޔާފިއްޔާ ފެންނަނީ އެއާ ކަލޭ ތި ޚަބަރުގައި ގެނެސްދީފައިވާ ގޮތާ ޙިލާފަށް ދެފަރާތުގެ ބަހާ އެކު ގެނެސް ދީފައިވާ ތަނެވެ. އަދި ބަލާބަލާށެވެ . ތިބުނާ މުޙައްމަދު ފިރާޒެއްގެ ހަބަރު ގެނެސް އޭނަ ދިފާޢު ކޮށްފައިވަނީ ތިޚަބަރުގަ ތުހުމަތުކޮށްފައިވާ މީހުންތޯ ނުވަތަ ޑީ އާރުޕީގެ ރަޖިސްޓުރީގައި ވާމީހެއްތޯ. ފެންނާނީ ޑީ އާރުޕީގެ ރަޖިސްޓުރީގައިވާ ޑީ އާރު ޕީއަށް މަރުދޭ މިޙެއއްގެ ނަން ބޮޑު އަކުރުން ޖަހާފައިވާ ތަނެވެ. އިހަވްނދޫ ޑޮޓް ކޮމްގެ މެންބަރުންގެ ޚަބަރު ތަކަކީ އެމީހަކު ސަޕޯޓުކުރާ ޕާޓީ ޕުރޮމޯޓުކުރާ ގޮތަށް ގެނެސް ދޭ ޚަބަރު ތަކެއް ނޫކަން ޔަގީން ކުރާށެވެ. ކޮންމެ ހަބަރެއްގައިވެސް ދެފަރާތުގެ ބަސް ހިމަނާފައި ވާނެކަން އެއީ ކަށަވަރެވެ.

    ReplyDelete
  3. އަޙްމަދޫ ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ
    އެހެންނަމަވެސް މުހައްމަދު ފިރާޒަކީ އިހަވަންދޫ ޑޮޓް ކޮމްގެ މެންބަރެކެވެ

    ReplyDelete
  4. asim ge nan mi reportugai netheema thiulhenee ufedhifaivaa vahum kuda kuran. mililiun liyunee asim kamah thuhumathu kurevey. ehen noon nama asimge nan keevve nethee

    ReplyDelete
  5. asimoo kaloa ah neegee vaahaka nudhahka, kalee ah engeetha ihavandhoo.com ah fund kurani konbayehkan

    ReplyDelete
  6. enmefahun thedhu haama kohdhee faraath mivany situ hingaa faraathah hadhaafa dhw. ey mi reportuga nethey thedhu enme vaahakaehves. fundu kurumaa behee gothun aisfa evany ehves asaaseh adhi buradhaneh nei vaahakaeh

    ReplyDelete
  7. ihavandhoo.com fuck fuck fuck. Balaa en kahala aalaivareh

    ReplyDelete
  8. Respect and that i have a dandy offer you: Whole Home Renovation Cost house remodel contractors

    ReplyDelete