Sunday, August 29, 2010

އިހަވަންދޫ ނިއުސްގެ ބޮލުރޮދި ކެނޑި ރަޖާލައިފި


އިންސާނުންގެ އަބުރާއި ބެހުމުން ޑިގުރީނަގައިގެންހުރި މާބަނޑޭ ހިންގާ ސައިޓެއްކަމަށްވާ އިހަވަންދޫ ނިއުސްގެ ބޮލުރޮދި ކެނޑި ރަޖާ ލާފިއެވެ. އިހަވަންދޫ ވަގު ހިންގަންފެށިފަހުން މިކަލޭގެ ބިރުން މިކަލޭގެ ސައިޓު އަޕްޑޭޓް ކުރާކަށްވެސް ނުކެރެއެވެ. ނަމަވެސް މިލިޔުމަށްފަހު އަޕުޑޭޓް ކުރާނެކަން ޔަގީނެވެ. މިކަލޭގެ އިހަވަންދޫ ނިޔުސް ފެށީ އެމްޑީޕީ ޕުރުމޯރޓް ކުރާށެވެ. ނަމަވެސް މާބަނޑޭ  އަކީ ކަންކަމުގައި ހައްދުފަހަނައަޅައިދާ މީހެއްކަމުން، މިކަލޭގެ އިހަވަންދޫ
ނިއުސް ހިންގުމުގައިވެސް ހައްދުން ނެއްޓިއެވެ. މީހުންގެ އަބުރުކާ ދިރުވަން ފެށިއެވެ. މިކަލޭގެ ހީކޮށްގެން ހުރީ މީން މިގަންނަ ގަނޑު އެކަކަށްވެސް ނީގޭނެ ކަމަށެވެ.
ނަމަވެސް...... ނަމަވެސް.... އިހަވަންދޫ ނިއުސް ހިންގަނީ މިކަލޭގެކަން ނޭގޭ ކުކުޅުއް އަދި ހާލެއްހާ ހިސާބުވެސް އިހަވަންދުއަކުނެތެވެ. މާބަނޑޭގެ މޮޔަކަމާއެވެ! މިހާރު މި ވަހުސީ ކަލޭގެ އުޅެނީ އެހެން ގޭމެއް ޖައްސަވައިގެންނެވެ. އިހަވަންދޫ ނިއުސްގައި ޖަހާފައި ހުންނަ ޑޮކިޔުމެންޓްތައް ލީކު ކުރަނީ ސުކޫލުގެ މުވައްޒަފުން ތަކެއްކަމަށް މަތިކުރުމެވެ. އޮގޮތުން މިކަލޭގެ ބުނާ ގޮތުގައި ލިޔުންތައް ލީކުކުރުމުގައި އެންމެއިސް ރޯލެއްކުޅެނީ ރިޔާޒެވެ.
ހަގީގަތަކީ ކޮބައިކަން ތިޔަބޭފުޅުންނަށް އިނގޭނެއެވެ. މިކަލޭގެ ލީކުކޮށް އަމިއްލަފުޅު ސައިޓުގައި ޖަހާފައި އެހެންމީހުން މަތިކުރަނީއެވެ. އިއްޒަތްތެރި މާބަނޑޭއެވެ! ކަލޯ ހީކުރަނީ އަހެރެމެންމީ މޮޔާން ކަމަށް ހެއްޔެވެ؟ ހަމަހިލާ އެހެނަކުން ނުވާނެއެވެ! ގަޅީ ކަލޯއެވެ. ކަލޯތީ މިހާރު އެމްޑީޕީ މީހުން ކުޅެންގެންގުޅޭ "ބުދެއް" ފަދަ މީހެކެވެ. އެމީހުން ބުނިހާގޮތެއް ހަދައިގެން ކަލޯއަށް ޖެހޭނީ ހުންނާށެވެ.
އިތްޒަތްތެރި ބަނޑާއެވެ! ކަލޯ އިސްލާހުވާށެވެ. އަދިވެސް ވަގުތު އެބައޮތެވެ! މާ ފުއްޕޭ މީހަކަށް ވެގެން ފުއްޕަނިކޮށް ކަލޯގެ ބަނޑު ފެޅިދާނެއެވެ.

1 comment:

  1. ކަލޯމެން ބުނިހެން ކަލޯމެންގެ މިލިޔުނ ޖެހިތާ 12 ގަޑީއިރު ނުވަނިސް އިހަވަންދޫ ނޫސް އަޕްޑޭޓް ކޮށްފިއެވެ. އެސޮރުމެންވަނީ ކައުންސިލް އިންތިހާބާ ބެހޭ ބެނާއެއް ލާފައެވެ

    ReplyDelete