Wednesday, October 6, 2010

އިހަވަންދޫ މަދަރުސާގައި އަލުން އެކުލަވާލާ ބޯޑަށް 12 ފަރާތަކުން ކުރިމަތިލައިފި.

 
އިހަވަންދޫމަދަރުސާގެ ބޯޑު މިއަހަރުގެ ތެރޭގައި އުވާލާފައި ވުމާއި އެކު، އަލުން ބޯޑު އެކުލަވާލުމަށްޓަކައި ކެރުވުނު އިޢުލާނާއި ގުޅިގެން ބޯޑަށް 12 ބޭފުޅުން ކުރިމަތިލައިފިއެވެ. ސުކޫލު ބޯޑަށް ކުރިމަތިލާފައި ވަނީ:

1- އާމިނަތު ޙަސަން  / ވެގަސް

2- މުޙައްމަދު ބަސީރު / މޫނިމާގެ

3- ރުޤިއްޔާ މޫސާ / ދަނބުގެ

4- ފާތިމަތު މޫސާ / ހިޔާ

5- ރަޝީދާ ހަސަން / އަތަމާގެ

6- އަޙުމަދު ޢަބުދުއްޞަމަދު / ނޫތަރިގެ

7- ޢަލީ އިބުރާހިމް / ރަހުމާނިއްޔާ

8- ޙުސައިން މުހައްމަދު / އަންބަރީގެ

9- އިބުރާހިމް މުޙައްމަދު / ގިގުނިގެ

10- ޒުހުރިއްޔާ ޖައުފަރު / ބިޖިލީގެ

11- މުޙައްމަދު އިބުރާހިމް / މުސްތަރީއާގެ

12- ޢަބުދުﷲ ޢަލީ ފެހިފަރުދާގެ އެވެ.

އިހަވަންދޫ މަދަރުސާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ ވޯޓު ނެގުމުގެ ހަރަކާތް ކުރިއަށްދާނޭ ގޮތާއި ބެހޭ މަޢުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ.
އިހަވަންދޫ މަދަރުސާގެ ބޯޑު އުވައިލީ މާބަނޑޭ ބޭނުންހާ ކުޅިއެއްނުކުޅެވޭތީއެވެ. ވިމާ މިފަހަރު ބޯރޑަށް ވޯޓުލާއިރު އެމްޑީޕީއަށް ނިސްބަތްޔާ މެމްބަރުންނަށް ޥޯޓް ނުލުމަށް ވަގު ގޮވާލަމެވެ.

4 comments:

  1. balaaanu than konkameh tha meee

    ReplyDelete
  2. mives bodu banduge kameh hahahahaahahaaahahaa

    ReplyDelete
  3. meehun ge aburan huthru vaagothan meehunan mlamikurmaky muslimun ge sifeannoo kommeehakaa wes muhaathab kuranwaany furihamanamun

    ReplyDelete
  4. "މިހާރު އޮތްތަންނޫން އެހެންތަނެއްގައި ބަދަރު ހަދަން ނިންމައިފި ނަމަ ހެދޭނެ ދުވަހެއްވެސް ނެނގޭ. މިހާރު ރައްޔިތުން ތަހައްމަލް ކުރާ ދަތި އެތައް ދުވަހަކަށް ދިގު ދެމިގެން ހިގައި ދާނެ."
    ބަދަރު އެހެން ތަނެއްގައި ހެދުމަށް 500 އަށް ވުރެން ގިނަ ރައްޔިތުން ޕެޓީޝަނެއްގައި ސޮއިކޮށް ރައީސް ނަޝީދުއަށް ޕެޓިޝަން އެރުވިއެވެ. އިހަވަންދޫ ރައްޔިތުންގެ އަޑު ރައީސް ނަޝީދަށް ފޯރީ މިޕެޓީޝަނުން ނެވެ.
    އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އައީ ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުން ރައްޔިތުންގެ ޚިޔާލު ހުރިގޮތެއް ބަލާށެވެ. ޚިޔާލުހުރިގޮތް ބެލީ ދެކުނު ފަރާތު އަތިރިމަތީ އެވެ. މަސްވެރިންވީ މަހުގައެވެ. ކެޔޮޅުންނާއި އޮޑިވެރިންވީ ކަނޑުމަތީގައެވެ. ބައްދަލުވުމަށްއައީ އަންހެނުންނާއި ކުޑަކުދިންނެވެ. ދެންތިބީ މަހަށް ނުދާ މުސްކުޅިންނާއި މަސައްކަތެއް ނުކުރާ ޒުވާނުންނެވެ.
    ޚިޔާލު ހޯދުން ހޯދީ މިހެންނެވެ. ކައުންސިލަރު ތަޢާރަފް ކުރިއެވެ. ދެން އޮތީ އަދުނާނުގެ ވާހަކަ އެވެ. އަދުނާނު ބުނީ " އަޅުގަނޑު ވާހަކަ ދައްކާނީ ރައީސްގެ މަންދޫބު ވާހަކަ ދައްކާ ނިމުމުން" ނެވެ. ރައީސް މަންދޫ ވާހަކަ ފުޅު ދެއްކެވީ މިހާރު އޮތް ބަދަރު މަރާމާތު ކުރުމުގެ މައްޗަށެވެ. އެހެންތަނެއްގައިބަދަރުހަދާނަމަ ވަގުތު ނަގާނެ ކަމަށެވެ. ޕްރޮވިންސް ކޯޑިނޭޓަރު އަލީ ނަސީރު އާދަމް ވާހަކަ ދައްކަމުން ބުނީ ބަދަރު އެހެން ތަނެއްގައި ހަދާނަމަ، ކުރިއަށް އޮތް 2 އަހަރުވެސް ނެހެދޭނެ ކަމަށެވެ.

    އަދުނާނު އަބުދުﷲ ވާހަކަ ދައްކަމުން ބުނީ ބަދަރު މަރާމާތު ކުރަނީ ސޫދީ ފަންޑުން ކަމަށާއި މި ފަންޑުން ބަދަރު މަރާމާތު ކުރަން ހަމަޖެހުނީ އިހަވަންދޫ ދާއިރާގެ މެމްބަރު ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.
    ދެންވެސް ވާހަކަ ދެއްކެވީ ރައީސުލް ޖުމުހޫރިއްޔާގެ މަންދޫބެވެ. ބަދަރު އޮންނާނެ ގޮތް ހުލާޞަ ކުރެއްވުމަށް ފަހު ވިދާޅުވީ ބަދަރު އެހެން ތަނެއްގައި ހަދަން ބޭނުންވާ މީހުން އެއް ފަރާތަކަށް ޖެހުމަށެވެ. އެއް ފަރާތަކަށް ޖެހުނީ އެއްމެ 9 މީހުންނެވެ. ދެން ރިޔާސަތުގައި ތިބި މީހުންނާއި އެތަނަށް ގޮސް ތިބި ބައެއް އަންހެނުން ވަރުގަދައަށް އަތްޖަހާ އުފާ ފާޅުކުރީ އެވެ. ޚިޔާލު ހޯދުނީ އެވެ. އެހެން ކަމުން، ރައީސުލް ޖުމުހޫރިއްޔާގެ މަންދޫބު ބުނީ ތިޔަ ނިންމި ގޮތަށް ރައީސުލް ޖުމުހޫރިއްޔާއަށް ލަފާ އަރުވާނެ ކަމަށެވެ.
    ޚިޔާލު ހޯދާނެ ކަމެއް ނެތެވެ. ފަޅު ހަދަންވާނީ މިހާރުވެސް ފަޅު އޮތްތަނުގައެވެ. ތިޔާ އުޅެނީ އިހަވަންދޫގައި ބައިބައިވުން އުފައްދާށެވެ. ރައްޔިތުން ބޮޑު އަގުގައި ކޮށްފައިހުރި އެތައް އިންވެސްޓްމަންޓްތަކެއް ހަރާބު ކުރާށެވެ. މި ބުނީ ބަންނަމުންދާ ފައިބަރު ދޯނި ފަހަރު ވާހަކަ އެވެ. އެފަރާތުގައި ބަދަރު ހަދާނަމަ، އެދޯނި ފަހަރަށް ދެން ހަދާނެ ގޮތެއް ބުނެބަލާށެވެ. ދެން އޮތީ ރީތި ދޮންވެލި ގޮނޑު ދޮށެވެ. ކުޅިމަގު ފަރާތްވެސް އޮޑި އެހެލާތަނެއް ހަދަނީ ކިޔާ، އެއްވެސް ތިމާވެށީގެ ތަހުލީލެއްނެތި ، ގުދުރަތީ ތޮށި ފޫދުއްވާލީމާ ވާންއޮތް އެތި އެވަނީ އެވެ. އަލިނަރެއް އަދާފައިން، ގިރަނީ އެވެ. ރަށަށް މިނިސްޓަރަކު އެރިއްޔާ ބަލަ އެވެ. އެތަން ގިރުމެއް ހައްލެއް ނުވެއެވެ.
    500 މީހުންގެ ސޮއި ކުރި ޕެޓިޝަނުގެ ދިލަ މަޑުކުރަން ޚިޔާލު ހޯދުމުގެ ވޯޓެއް ނެގިއަސް އެންމެ ރަގަޅެވެ. ކަރުދާހުންވެސް ނަގާށެވެ. ކޮންމެ ގޮތަކަށްވެސް ނަގާށެވެ. ކޮންމެ ގޮތަކަށް ނިމުނަސް ބަދަރު އޮންނަންވާނީ ދެކުރު ފަރާތުގައެވެ. އެއީ އިހަވަންދޫގެ ކާބަފައިން ނުހަނު ބޮޑު އިންވާރުމެންޓް ރިސާރޗެއް ހަދާފައި ބަދަރު ހަދާފައި އޮތްތަނެވެ. ވީމާ، ވަގުތު ނަގާނުލާ ދެކުނު ފަރާތުގައި ބަދަރު މަރާމާތު ކުރަން ފަށާށެވެ. މިއީ ދިރިހުރި އިހަވަންދޫގެ އަޑެވެ. އިހަވަންދޫ ނިވްސްގެ ނިންމުމެވެ. މި ސައިޓުގެ އިސްވެރިޔާގެ ވެސް ނިންމުމެވެ.


    އިހަވަންދޫގެ ބަނދަރު މިހާރުވެސް އެއޮތްތަނުގައި ދެކުނުފަރާތުގައި ހެދުމަށް އިހަވަންދޫ ނިއުސްއަށް އެހީތެރިވެ ދެއްވާ. އިހަވަންދޫ ނިއުސްއަށް ވެދެވޭ އެހީތެރިކަމަކީ ގެއްލިގެން ދާނޭ އެއްޗެއް ނޫން.

    ReplyDelete